އަޅުގަނޑުމެންގެ
ތަޞައްވަރު
މިރަށަކީ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ސިއްޙީ ޚިދުމަތާއި ތަޢުލީމު ރަށުގައި ތިބެގެން ލިބޭނެ ރަށަކަށް ހެދުމާއި، ދީނީ ގޮތުން ހޭލުންތެރިވެފައިވާ، އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ، ކުށްކުރުން މަދު އަޙުލާޤު ރަނގަޅު ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށް ހެދުމާއި މިރަށަކީ ޢުމްރާނީ ގޮތުންނާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ރަށަކަށް ހެދުން.
އަމާޒު
ތަޢުލީމީ ޤާބިލް ޒުވާނުންތަކެއް އުފެދިފައިވާ، ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާގެ ފުރުޞަތު ތަނަވަސްވެފައިވާ، އަސާސީ އަދި އުމްރާނީ ޚިދުމަތްތައް ފުރިހަމަވެފައިވާ ދުޅަހެޔޮ ސިއްޙަތެއްގައި ތިބި ރައްޔިތުންތަކެއް ތިބި ރަށަކަށް ހެދުން.

ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމް ފަދަ ޢާއްމު ޚިދުމަތް ހިންގައި ބެލެހެއްޓުން.

ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާ ފެރީޓާމިނަލް ހަދައި ހިންގުން.

އެކަށިގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތިން ރަށުފެންވަރުގައި ކުނިނައްތާލުން.

ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ޕްރައިމަރީ ހެލްތު ކެއާރ އާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.

ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟު ނުވާގޮތުގެ މަތިން، ރަށުން ބިންދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި

ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައްކުރެވޭނެ ނިޒާމް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.

ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާ ފެރީޓާމިނަލް ހަދައި ހިންގުން.

ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައްކުރެވޭނެ ނިޒާމް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.