ކައުންސިލްގެ 4 ވަނަ ދައުރުގެ 58 ވަނަ ޢާއްމު ބައްދަލުވުން

ބައްދަލުވުމުގައި ކުރެވުނު މަސައްކަތް

ކައުންސިލްގެ 58 ވަނަ ބައްދަލު ވުމުގެ އެޖެންޑާ ފާސްކުރުން

ކައުންސިލްގެ 57 ވަނަ ބައްދަލު ވުމުގެ ޔައުމިއްޔާ ފާސްކުރުން

ކުރިއަށް 2022- 2023 ވަނަ އަހަރު ޕްރީ ސްކޫލްގެ ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި ޕްރީ ސްކޫލަށް 2 އާންޓީން ނެގުމަށާއި ޕްރީ ސްކޫލްގެ މަސައްކަތު ގަޑިއިރު 4 ގަޑިއިރުކަމުގައި ކަނޑައެޅުމަށާއި އާންޓީންގެ މުސާރައަކީ -/3000 ރުފިޔާކަމުގައި ކަނޑައެޅުމަށާއި މިހާރު ހުރި މަސައްކަތު މީހާގެ މުސާރަ ވޭޖްއާއި އެއްގޮތަށް ދިނުމަށް  ކޮންޓްރެކްޓް ރިވިއުކުރުމަށް

ކައުންސިލްގެ މުވައްޒަފުންގެ ބައްދަލުވުން ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުގެ ހެނދުނު 8:45 ގައި ބޭއްވުމަށާއި ދިމާވާ ސަބަބަކާއި ހުރެ ބައްދަލުވުން ނުބޭއްވިއްޖެ ނަމަ ޖެހިގެން އަންނަ މަސައްކަތު ދުވަހެއްގެ ކަނޑައެޅިފައިވާ ގަޑީގައި ބައްދަލުވުން ބޭއްވުމަށާއި ބައްދަލުވުމުގެ ގަޑިއަށް ބަދަލުގެނައުމުގެ އިޙްތިޔާރު ކައުންސިލްގެ ރައީސާއި ސެކްރެޓަރީ ޖެނެރަލަށް ލިބޭގޮތަށް ނިންމުމަށް

ބަނދަރު ސަރަޙައްދު ތަރައްޤީކުރުމަށް ޢަލީ ޙަސަން އަށް ދޫކޮށްފައިވާ "ޖަނބުރޯލުގަސްދޮށުގެ" ކިޔާ ބަންޑާރަ ގޯތި އަނބުރާ ކައުންސިލަށް ކޯޓު މެދުވެރިކޮށް ނެގުމަށް

ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމުމަށް  

އާންމު ބައްދަލުވުން

ބާވަތް

58

ޖަލްސާ

4

ހާޒިރުވި

1

ހާޒިރުނުވާ

20 ޖުލައި 2022

ދުވަސް

ގުޅުންހުރި ފައިލްތައް