ކައުންސިލްގެ 5 ވަނަ ދައުރުގެ 05 ވަނަ ޢާއްމު ބައްދަލުވުން
ބައްދަލުވުމުގައި ކުރެވުނު މަސައްކަތް
- އެފް.އޭ.އެމް ފުޓްސަލް ޗެލެންޖް ގައި ބައިވެރި ވުމާއި މެދުގޮތެއް ނިންމުމަށް އިތުރަށް މަޝްވަރާކުރުމަށް ބޭނުންވާތީ، އިތުރު ބައްދަލުވުމަކަށް އެޖެންޑާކުރުމަށް ފެންނަކަމަށް ނިންމުނެވެ.
- ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ލޭންޑް ޔޫސް ޕްލޭނަގައި 'ނޮން-ރެސިޑެންޝަލް' ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ 76 ނަންބަރު ބޮލޮކް ކަނޑައެޅުމަށް ފެންނަކަމަށް ނިންމުނެވެ.
- ކައުންސިލަރުންގެ ޗުއްޓީ ޕްލޭން އިދާރީގޮތުން އެކުލަވައިލައިފައިވާ ގޮތަށް ފާސްކުރަން ނިންމުނެވެ.