ޢާއިޝަތު ރައުނާ

ކައުންސިލްގެ އަންހެން މެންބަރު

ކައުންސިލްގެ 04 ވަނަ ދައުރު

އަލްފާޟިލާ ޢާއިޝަތު ރައުނާ އަކީ މި ކައުންސިލަށް އަލަށް އިންތިޚާބުވެ ކައުންސިލްގެ އަންހެން މެންބަރުކަން އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން މި ކައުންސިލްގައި ޢާއިޝަތު ރައުނާ އަދާކުރައްވަމުން ގެންދަވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ސިއްޙީ ދާއިރާއާއި ގުޅުން ހުރި ކަންކަމުގެ އިތުރުން އެއްގަމު އަދި ކަނޑުގެ ދަތުރުފަތުރާއި ގުޅުން ހުރި މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން މި ދާއިރާތަކާއި ގުޅުންހުރި ތަމްރީން އަދި ހޭލުންތެރިކަމުގެ ޕުރޮގްރާމްތައް ރާވައި ހިންގުމުގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވައެވެ. ކައުންސިލް މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމުގެ ކުރިން ޢާއިޝަތު ރައުނާ މަސައްކަތްކުރެއްވީ އޭވިއޭޝަންގެ ދާއިރާގައެވެ.