ޢަލީ ސިނާން

ކައުންސިލްގެ ރައީސް

ކައުންސިލްގެ 04 ވަނަ ދައުރު

އަލްފާޟިލް ޢަލީ ސިނާނަކީ ލާމަރުކަޒީ ޤާނޫނު 2010/07 ގެ ދަށުން، ރައްޔިތުންގެ ވޯޓުން މުރައިދޫ ކައުންސިލަށް އިންތިޚާބުވި ފުރަތަމަ ރައީސެވެ. މި ކައުންސިލްގެ ރައީސްގެ ހައިޞިއްޔަތުން އަލްފާޟިލް ޢަލީ ސިނާނަކީ ހއ.އަތޮޅު ކައުންސިލްގެ މެމްބަރުކަން ކުރަމުންދާ ފަރާތެކެވެ. ކައުންސިލްގެ ރައީސްގެ ހައިޞިއްޔަތުން ކައުންސިލް ހިންގެވުމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ ޢަލީ ސިނާނެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ކައުންސިލްގެ މެންބަރުންނާއި ޙަވާލުވެފައިވާ ޒިންމާތައް ކަނޑައެޅިފައިވާ ގޮތުގެ މަތީން އަދާކުރަމުންދޭތޯ ބެލުން ހިމެނެއެވެ. ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން ޢަލީ ސިނާން މަސައްކަތް ކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ.