މުޙައްމަދު ރާޒީ

ކައުންސިލް މެމްބަރ

ކައުންސިލްގެ 05 ވަނަ ދައުރު

އަލްފާޟިލް މުޙައްމަދު ރާޒީއަކީ މި ކައުންސިލްގެ 05 ވަނަ ދައުރުގައި ކައުންސިލަށް އަލަށް އިންތިޚާބުވެފައިވާ ފަރާތެކެވެ. ކައުންސިލްގެ މެމްބަރެއްގެ ހައިޞިއްޔަތުން ކމުޙާއްމަދު ރާޒީ އަދާކުރައްވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ބެލެހެއްޓުމުގެ މަސައްކަތުގެ އިތުރުން މަގުބައްތިތައް ބެލެހެއްޓުމާއި ކުޅިވަރު ކުޅޭ ދަނޑުތަކާއި އާއންމު ޕާކުތައް ބެލެހެއްޓުމުގެ މަސައްކަތާއި، ފެރީގެ ޚިދުމަތާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ ޚިދުމަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ޤުދުރަތީ ގޮތުން ދިމާވާ އެކި އެކި ހާދިސާތަކާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުމާއި ޒުވާނުންނާއި ކުޅިވަރު ތަރައްޤީކުރުމަށް ކުރިއަށް ގެންދެވޭ ޙަރަކާތްތައް ރާވައި ހިންގުން ހިމެނެއެވެ. ކައުންސިލަށް އިންތިޙާބުވުމުގެ ކުރިން މުޙައްމަދު ރާޒީ މަސައްކަތް ކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އަދި ޕްރައިވެޓް ސެކްޓަރ އާއި ސަރުކާރު ހިއްޞާވާ ކުންފުނިތަކުގައެވެ.