
އަޙްމަދު ޖައިލަމް
ކައުންސިލްގެ މެމްބަރު
ކައުންސިލްގެ 04 ވަނަ ދައުރު
އަލްފާޟިލް އަޙްމަދު ޖައިލަމަކީ މުރައިދޫ ކައުންސިލަށް އަލަށް އިންތިޚާބުވެފައިވާ ފަރާތެކެވެ. ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން މި ކައުންސިލްގައި އަޙްމަދު ޖައިލަމް އަދާކުރައްވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ކުޅިވަރު އެކި މުބާރާތްތައް ރާވައި ހިންގުމާއި، ކުޅިވަރު ދަނޑުތައް ބެލެހެއްޓުމުގެ އިތުރުން ޓޫރިޒަމް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ. ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން އަޙްމަދު ޖައިލަމް މަސައްކަތްކުރައްވާފައިވަނީ ޕްރައިވެޓް ސެކްޓަރ އަދި ފަތުރުވެރިކަމުގެ ދާއިރާގައެވެ.