ފަރުޙަތު ސަމީރު

ކައުންސިލްގެ އަންހެން މެންބަރު

ކައުންސިލްގެ 04 ވަނަ ދައުރު

އަލްފާޟިލާ ފަރުޙަތު ސަމީރަކީ މި ކައުންސިލަށް ދެވަނަ ފަހަރަށް އިންތިޚާބުވެ މި ދައުރުގައި ކައުންސިލްގެ އަންހެން މެންބަރުކަން ކުރައްވަމުން ގެންދަވާ ފަރާތެކެވެ. ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން މި ކައުންސިލްގައި ފަރުހަތު ސަމީރު އަދާކުރައްވަމުން ގެންދަވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ދަނޑުވެރިކަމާއި ތިމާވެއްޓާއިބެހޭ މަސައްކަތްތަކުގެ އިތުރުން ތަޢުލީމާއި ގުޅޭ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން މި އިދާރާއިން ހިންގަމުންދާ ޕްރީ ސްކޫލްގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ފަރުހަތު ސަމީރެވެ. ފަރުހަތު ސަމީރަކީ މި ކައުންސިލްގެ 02 ވަނަ ދައުރުގެ ރައީސް ކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތެކެވެ. އަދި އޭގެ އިތުރުން މުރައިދޫ ސިއްޙީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރކަން 17 ނޮވެންބަރު 2011 އިން 07 ޖުލައި 2017 އަށް ކުރައްވާފައިވެއެވެ.