ޙުސައިން ފަލާޙް
ޑްރައިވަރއަލްފާޟިލް ޙުސައިން ފަލާޙް ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލް އިދާރާއާއި ގުޅިވަޑައިގަތީ 07 ޑިސެންބަރު 2023 ގައެވެ. މުރައިދޫ ކައުންސިލްގެ ޑްރައިވަރގެ ހައިސިއްޔަތުން ޙުސައިން ފަލާޙް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި މި އިދާރާގައި ޕިކަޕްގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ވެހިކަލް ދޮވެ ސާފުކުރުމާއި، ކުނި މެނޭޖެކުރުމުގެ މަސައްކަތުގެ ތެރެއިން ކުނި ނެގުމާއި ކުނި އުކާލުމުގެ މަސައްކަތް ހިމެނެއެވެ. އަލްފާޟިލް ޙުސައިން ކުރިން މަސައްކަތް ކުރައްވާފައިވަނީ ޕްރައިވެޓް ސެކްޓާރގައެވެ.