ރައްކާތެރިގޮތުގައި ކަރަންޓް ސާމާނު ބޭނުންކުރާނެގޮތުގެ އެވެއަރނެސް ޕްރޮގްރާމެއް ބާއްވައިފި

20 ނޮވެމްބަރު 2022 | 20:28
މި ކައުންސިލާއި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގ އެންޑް ރިސާޗް ގުޅިގެން "ރައްކާތެރިގޮތުގައި ކަރަންޓް ސާމާނު ބޭނުންކުރާނެގޮތުގެ އެވެއަރނެސް ޕްރޮގްރާމެއް" ކުރިއަށް ގެންގޮސްފިއެވެ.
މިއީ ގޭބިސީތަކުގައި އާއްމުކޮށް ގެންގުޅޭ ކަރަންޓް ސާމާނު މަސައްކަތްކުރާ ގޮތް އަދި އެތަކެއްޗަށް ދިމާވާ މައްސަލަތައް މަދުކުރުމަށް ފަރުވާތެރިވާނޭ ގޮތުގެ މަޢުލޫމާތާއި ރައްކާތެރިގޮތުގައި ކަރަންޓް ސާމާނު ބޭނުންކުރުމަށް އަހުލުވެރިކުރުވުމަށް، މިކައުންސިލްގެ އެދުމުގެ މަތީން ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންގޮސްދެއްވި ޕްރޮގްރާމެކެވެ. ތިއަރީ އަދި ޓެކްނިކަލް ބައި ހިމަނައިގެން އެއްދުވަހުގެ މުއްދަތަށް ދެ ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމްގައި އެގާރަ ފަރާތުން ބައިވެރިވެ، ހަތް ބައިވެރީން މި ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައިވެއެވެ.
13 ނޮވެންބަރު 2022 ގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފުރިހަމަކުރެއްވި ބައިވެރިންނަށް ފެނަކަ އިންސްޓިޓިއުޓުން ދެއްވި ސެޓްފިކެޓް ބައިވެރިންނާ ޙަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް ޢަލީ ސިނާންއެވެ.
ފަހުގެ ޚަބަރުތައް
މުރައިދޫ ކައުންސިލްގެ 3 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި
15 ޖުލައި 2024 | 08:45

ދަނޑުވެރިންނަށް އަމާޒުކޮށްގެން ބޭސިކް އެގްރިކަލްޗަރ ތަމްރީނު ޕޮރޮގްރާމެއް ހިންގައިފި
20 ޑިސެމްބަރު 2022 | 11:31

ބާރަށު ޒުވާނުންގެ ދިރުމުން ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ތައްޔާރީތައް ފަށައިފި
20 ނޮވެމްބަރު 2022 | 20:21

މުރައިދޫ ކައުންސިލްގެ ލޯގޯ، ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
11 ނޮވެމްބަރު 2022 | 21:40
