މުރައިދޫ ކައުންސިލްގެ 3 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި

15 ޖުލައި 2024 | 08:45
މުރައިދޫ ކައުންސިލްގެ 03 ވަނަ ޤުރްއާން މުބާރާތް ބާއްވައިފިއެވެ. މިއީ، ކައުންސިލުން ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްގެންދަނީ 8 އުމުރުފުރާއަކަށް ބަހާލައިގެން ކޮންމެ އުމުރުފުރާއަކުން ވެސް 2 ގޮފީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ. 2024 ޖުލައި 12 އަދި 13 ގައި ކުރިއަށް ގެންދެވުނު މި މުބާރާތުގައި 69 ބައިވެރިން، ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ ފަޙުރުވެރި 1 ވަނަ ޙާޞިލުކުރީ 13 އަހަރުން ދަށުގެ ދަރިވަރު މުޙައްމަދު އީޠަނެވެ. ޤުރުއާން މުބާރާތުގެ ކިޔެވުން ނިންމާ، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2024 ޖުލައި 13 ވަނަ ދުވަހުގެ ރޭ މުރައިދޫ ސްކޫލް ހޯލުގައެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެޙެމާނަކީ ހއ.އަތޮޅު ކައުންސިލްގެ މެންބަރު ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަނެވެ.
މި ރަސްމިއްޔާތުގައި ފިއްލަދޫ ކައުންސިލްގެ ރައީސްގެ އިތުރުން މުބާރާތަށް އެހީތެރިވެ ދެއްވާފައިވާ "އެހީ" ޖަމުޢިއްޔާގެ 2 މެންބަރުން އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދެވިފައިވަނީ އެހީ ޖަމުޢިއްޔާގެ އިތުރުން ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާޢު އަދި އަލްޕްސް އިންވެސްޓްމަންޓާއި ބޭންކް އޮފް މޯލްޑިވްސް، އޭ.އެސް.އޭ މާރޓާއި މުރައިދޫ ސްކޫލްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުއެވެ.
ފަހުގެ ޚަބަރުތައް
ދަނޑުވެރިންނަށް އަމާޒުކޮށްގެން ބޭސިކް އެގްރިކަލްޗަރ ތަމްރީނު ޕޮރޮގްރާމެއް ހިންގައިފި
20 ޑިސެމްބަރު 2022 | 11:31

ރައްކާތެރިގޮތުގައި ކަރަންޓް ސާމާނު ބޭނުންކުރާނެގޮތުގެ އެވެއަރނެސް ޕްރޮގްރާމެއް ބާއްވައިފި
20 ނޮވެމްބަރު 2022 | 20:28

ބާރަށު ޒުވާނުންގެ ދިރުމުން ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ތައްޔާރީތައް ފަށައިފި
20 ނޮވެމްބަރު 2022 | 20:21

މުރައިދޫ ކައުންސިލްގެ ލޯގޯ، ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
11 ނޮވެމްބަރު 2022 | 21:40
