މުރައިދޫ ކައުންސިލްގެ ލޯގޯ، ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

11 ނޮވެމްބަރު 2022 | 21:40
ހއ.މުރައިދޫ ކައުންސިލްގެ ލޯގޯ، ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މުރައިދޫ ސްކޫލްގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ލޯގޯ އިފްތިތާޙު ކޮށްދެއްވީ ކައުންސިލްގެ ރައީސް ޢަލީ ސިނާނެވެ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނާފިޡް ކައުންސިލްގެ ޔުނިފޯމު އިފްތިތާޙު ކޮށްދެއްވިއިރު، ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ހއ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤެވެ. ވެބްސައިޓް އިފްތިތާޙްކޮށް ދެއްވުމަށްފަހު ހއ.އަތޮޅު ކައުންސިލްގެ ރައީސް ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން މިނިވަންކަމާއެކު މަސައްކަތްކުރަމުންދާ ފަރާތަކަށްވާތީ، މިފަދަ މުއައްސަސާތަކުގައި ވެބްސައިޓްތައް ހުރުމުގެ މުޙިއްމުކަމަށާއި މި ވެބްސައިޓްގެ ސަބަބުން އާއްމު ރައްޔިތުންނަށް ލިބިގެންދާނެ ލުއިފަސޭހަތަކުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙްކުރުމަށްފަހު ވެބްސައިޓާގުޅޭ ގޮތުން ކައުންސިލުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެސެންޓޭޝަން ދައްކާލިއެވެ. ކައުންސިލްގެ ވެބްސައިޓް އިފްތިތާޙްކުރުމުގެ އިތުރުން ކައުންސިލްގެ ސިއްކަ އާއި ކައުންސިލްގެ މުވައްޒަފުންގެ ރަސްމީ ޔުނިފޯމް އިފްތިތާޙްކުރުމާއި، ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޔުނިފޯމު ޙަވާލުކުރުން މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.
މި ރަސްމިއްޔާތުގައި ހއ.އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުން އަދި ސްކޫލްގެ ގްރޭޑް 8 އިން މަތީގެ ދަރިވަރުންނާއި އާއްމު ރައްޔިތުން ބައިވެރިވިއެވެ.
ފަހުގެ ޚަބަރުތައް
މުރައިދޫ ކައުންސިލްގެ 3 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި
15 ޖުލައި 2024 | 08:45

ދަނޑުވެރިންނަށް އަމާޒުކޮށްގެން ބޭސިކް އެގްރިކަލްޗަރ ތަމްރީނު ޕޮރޮގްރާމެއް ހިންގައިފި
20 ޑިސެމްބަރު 2022 | 11:31

ރައްކާތެރިގޮތުގައި ކަރަންޓް ސާމާނު ބޭނުންކުރާނެގޮތުގެ އެވެއަރނެސް ޕްރޮގްރާމެއް ބާއްވައިފި
20 ނޮވެމްބަރު 2022 | 20:28

ބާރަށު ޒުވާނުންގެ ދިރުމުން ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ތައްޔާރީތައް ފަށައިފި
20 ނޮވެމްބަރު 2022 | 20:21
